ޚަބަރު

ރަހަފަތް: ޑެވިލްޑް ޗިކަން

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ނަމަވެސް ބައެއް ފަހަރު ރަހަ ތަފާތުކޮށްލައެވެ. އެގޮތުން ޑެވިލްޑްޗިކަންއަކީ ވެސް ބައެއް މީހުންނަށް ވަރަށް މީރު ކެއުމެކެވެ.

ބޭނުންވާތަކެތި:

3 ޖޯޑު ކުކުޅު މަސް (ކަށި ނަގާފައި)

1/2 ޖޯޑު ލީކްސް ( ކޮށާފައި)

1/2 ޖޯޑު ޗިލީ ސޯސް

1/2 ޖޯޑު ޓޮމާޓޯ ސޯސް

2 ޓޮމާޓޯ (ބޮޑެތިކޮށް ކޮށާފައި)

2 ފިޔާ ބޮޑެތިކޮށް ކޮށާފައި

3 ކެޕްސިކަމް (އަރިއަށް ކޮށާފައި)

1 ފަޅި ބޮޑު ރަތް މިރުސް ( ކޮށާފައި)

1 ސައިސަމުސާ ލޮނުމެދު ( ގާނާފައި )

1/2 ސައިސަމުސާ އިނގުރު ( ގާނާފައި )

1 މޭޒުމަތީ ސަމުސާ ކޯން ފްލާ

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2 ބިސް

ކުޑަ އަޖިނަމޮޓޯ

ލޮނުކޮޅެއް، ތެޔޮފޮދެއް، ހިކަނދިފަތް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ލޮނު، ސޯޔާ ސޯސް، ބިސް، ކޯންފްލާ، އަސޭމިރުސް އެއްކޮށްފައި ރަނގަޅަށް ގިރާލުމަށްފަހު ކުކުޅު މަސްކޮޅު ހާކާފައި ބަހައްޓާށެވެ. ދެން އުނދުންމަތީގައި ހުރި ތެޔޮއެތި ކެކިގަތުމުން ކުކުޅުކޮޅު ރޯފިލަންދެން ތެލުލައިލާށެވެ. އެއަށްފަހު ފިޔާ ބޮޑުމިރުސް، ކެޕްސިކަމް، ހިކަނދިފަތް، ތެއްޔެއްގައި ވަޅޯކޮށްލާށެވެ. ދެން ތެލީގެތެރެއަށް ކުކުޅު ފިޔަވައި ހުރިހާ ބާވަތެއް އަޅާލާފައި ރަގަޅަށް ހާކާލާށެވެ. ކުޑަކޮށް ކެކުމުން ކުކުޅުތައް ތެއްޔަށް އަޅައި ރަނގަޅަށް ހޭކުމަށްފަހު ރަހަ ހެޔޮވަރުވުމުން ބާލާށެވެ.