ސްޓެލްކޯއިން ކ. ހިންމަފުށީގައި އަލަށް ގާއިމު ކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ބޭނުން ކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ހިންމަފުށީގައި އަލަށް ގާއިމު ކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ މިހާރު ވަނީ އެނަޖައިޒްކޮށް ކަމިޝަން ކޮށްފައި ކަމަށެވެ.
އާ ވިއުގައާ އެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަހައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކޮށް، ކަސްޓަމަރުންނަށް ހިދުމަތް ލިބިދިނުމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަ ވެގެންދާނެ ކަމަށެވެ.
އެ ނިޒާމާ އެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަނެއް ގާއިމުކޮށް، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމްވީއޭ އިތުރުކުރެފައިވާ ކަމަށް ވެސް ބުންޏެވެ.
ހިންމަފުށީ ރައްޔިތުންގެ ޑިމާންޑާ އެއްވަރުގެ ހިދުމަތް ފޯރުކޮށްދެވޭތޯ، ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެކުންފުނިން ބުންޏެވެ.