ޚަބަރު

ތައިލެންޑުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް ފުއާދު ހަމަޖައްސަން މަޖިލީހަށް

އިބްރާހިމް ޒަކީ

ތައިލެންޑުގަައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ހަމަޖައްސަން މަޖިލީހަށް ފޮނުއްވައިފިއެވެެ.

ފުއާދު ސަފީރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު، މަޖިލިސް ތަޅުމަށް އިއްވުމުން މަޖިލިސް ރައީސް ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

އާ ގާނޫނުއަސާސީ އާއެކު 2008 ވަނަ އަހަރު، އީސީގެ މެންބަރެއްގެ ގޮތުގައި ގުޅިވަޑައިގެން، އެއް އަހަރު ދުވަހު އެ ކޮމިޝަންގައި މަސައްކަތް ކުރެއްވުމަށްފަހު 2009 ވަނަ އަހަރު ކޮމިޝަންގެ ރައީސްކަމަށް ފުވާދު އައްޔަންކުރިއެވެ.

އެ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ފުރުއްވުމަށްފަހު ފުވާދު އިީސީން ވަކިވެވަޑައިގެންނެވިއެވެ. އަދި ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.