ލައިފް ސްޓައިލް

1575 ޕުޝް-އަޕްސް ހަދައިގެން 59 އަހަރުގެ އަންހެނަކު ދުނިޔޭގެ ރެކޯޑް ފޮތަށް

ފުޝް-އަޕްސް ހަދައިގެން އުމުރުން 59 އަހަރުގެ މާމައެއް، ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ކެނެޑާގެ ޑޮނާޖީން ވައިލްޑް ދުނިޔޭގެ ރެކޯޑެއް ހެދީ 60 މިނެޓުގެ ތެރޭގައި 1,575 ޕުޝް-އަޕް ހަދައިގެންނެވެ. އެ ރެކޯޑް ހެދުމަށް ޑޮނާޖީން ތަމްރީން ޕްރޮގްރާމެއް ހަދައި އަމަލުކުރަމުންދިޔަ އިރު، އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ދިނީ އުމުރުން 11 އަހަރާއި 12 އަހަރުގެ މާމަ ދަރިންނެވެ.

ގިނަސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ބަޔާނުގައިވާ ގޮތުން، ޑޮނާޖީން ވަނީ މިދިޔަ މާޗު މަހުވެސް އިތުރު ދުނިޔޭގެ ރެކޯޑެއް ހަދައިފައެވެ. އެއީ އަންހެނަކު އެންމެ ގިނަ ވަގުތު ޕްލޭންކް ޕޮޒިޝަންގައި އޮތުމުގެ ރެކޯޑެވެ.

އެ ރެކޯޑުގައި އޭނާ ވަނީ ހަތަރު ގަޑިއިރާއި 30 މިނެޓާއި 11 ސިކުންތު ވަންދެން ޕްލޭންކް ޕޮޒިޝަންގައި އޮވެފައެވެ.