ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ކޯޒްވޭ މަޝްރޫއުގެ މަސައްކަތުގެ ދަށުން، 60 މީޓަރުގެ ފުރަތަމަ ބްރިޖުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމައިފިއެވެ.
މަޑަވެލި އަދި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަޝްރޫއުގެ ދަށުން ބްރިޖު ފައުންޑޭޝަންގެ މަސައްކަތް ފެށީ ނިމިދިޔަ 2023ގެ މާޗް 26 ގައެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ އެޕްރޯޗް ރޯޑް އާއި ރިވެޓްމެންޓްގެ މަސައްކަތް ކަމަށެވެ.
ޖުމުލަ 79.4 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2022 އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަޝްރޫއަކީ 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.