ބޭންކް އޮފް މޯލްޑިވްސްއިން ހިންގި ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކުރި ފަރާތްތައް ހޮވައިފިއެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފުކުރި ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްތައް ކާމިޔާބު ކުރީ:
ބީއެމްއެލުން ބުނީ މި މަސައްކަތުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް، ކުނި ނައްތާލުމުގެ ހަރަދު ކުޑަކޮށް، އަދި ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މަޝްރޫއެއް ކަމަށް ވެސް ބުންޏެވެ.