ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރާއިރު ފުލުހުން ޔުނިފޯމްގައި ތިބުން ލާޒިމް ނުވާނެ ކަމަށް ހައި ކޯޓުން ކަނޑައަޅަައިފި އެވެ.
ހައި ކޯޓުން މިއަދު އެގޮތަށް ކަނޑައަޅާފައި ވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން އިއްވި ހުކުމްގައެވެ.
އެ ހުކުމްގައި ވާގޮތުން ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރާއިރު ފުލުހުން ޔުނިފޯމްގައި ތިބެން ޖެހޭ ކަމަށް ވާނަމަ، އޭގެ ސަބަބުން ފުލުހުން އަދާ ކުރަން ޖެހޭ ދައުރަށް ހުރަސްއެޅިގެންދާނެއެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. ގައި ކުރީން ބުނެފައިވާގޮތުގައި ހައްޔަރު ކުރުމުގެ ބާރު ލިބިގެންވަނީ ޔުނިފޯމް އެޅި ފުލުހުންނަށް އެކަންޏެވެ.
އެ މާއްދާ އެގޮތަށް އޮތުމުގެ ސަބަބުން ފުލުހުންނަށް ވެސް ބައެއް ކަހަލަ ދަތިތައް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ކުރީން ވަނީ ބުނެފަ އެވެ.
މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހައްޔަރުކުރާ އިރު ފުލުހުން ޔުނީފޯމުގައި ތިބުން ލާޒިމް ނޫން ނަމަވެސް އެ ފުލުހަކީ ހުވާކޮށްގެން ހުރި ފުލުހަކަށް ވާން ޖެހޭނެ ކަމަށެވެ.