ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ބަންދުގެ މުއްދަތުވެސް އިތުރުކޮށްފިއެވެ.
އެޗް9-20-11 ގައި މީހަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އޭނާ ސަލާމަތްކުރީ މި މަހުގެ ހަތްވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި އެ މީހާ ރަހީނުކުރީ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އަދި އޭނާ ސަލާމަތް ކުރެވުނީ އޭނާގެ ބޯ ބާލައި އިނގިލިތައް ބުރިކޮށްލަން އުޅެނިކޮށް ކަމަށްވެސް ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި 12 މީހުންނަކީ:
މި މީހުންގެ ތެރެއިން އަލްމަން، އިޒްކާން އަދި އިޒާންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އަނެއް ނުވަ މީހުންގެ ބަންދަށް ދިނީ ހަތް ދުވަހެވެ.
ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދާމެދު އިތުރަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާހިދު އިތުރު ފަސް ދުވަހަށް، އަލްމާން، އިޒްކާން އަދި އިޒާން އިތުރު އަށް ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި އަށް މީހުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.