ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިސަލް އެކަމަނާގެ ސަފީރުކަމުގެ ލިޔުން އިނގިރޭސި ވިލާތުގެ ޑައިރެކްޓަރ ޕްރޮޓޮކޯލް އެންޑް ވައިސް މާޝަލް އޮފް ޑިޕްލޮމެޓިކް ކޯޕްސް، ނީލް ހޮލެންޑަށް ހަވާލުކުރައްވައިފިއެވެ.
ޑރ ފަރަހަނާޒްގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީ އެލިޒަބަތަށް އަރުވާނެކަމަށް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
ރާއްޖެއިން ޔޫއެންއަށް ކަނޑައެޅި ޕާމަނަންޓް ރެޕްރެޒެންޓޭޓިވް (ދާއިމީ މަންދޫބު) ތިލްމިޒާ ހުސައިންވެސް މިއަދުވަނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް އަރުވައިފައެވެ.