ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ޔޫއެސް އާރމީ ޕެސިފިކް ކޮމާންޑަރ ޖެނެރަލް ރޮބާޓް ބީ ބޮރައުންއާ ބައްދަލުކުރައްވައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު، ޔޫއެސް އާރމީ ޕެސިފިކް ކޮމާންޑަރ ޖެނެރަލް ރޮބާޓް ބީ ބޮރައުންއާ ބައްދަލުކުރައްވާފައި މިވަނީ އިންޑިއަން ޕެސިފިކް އޯޝަންގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވުމަށް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ހަވާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫއެސް އާރމީ ޕެސިފިކް ކޮމާންޑަރ ޖެނެރަލް ރޮބާޓް ބީ ބޮރައުންއާ ބައްދަލުކުރައްވައި ދެއަސްކަރިއްޔާގެ ދެމެދުގައި ގުޅުންބަދަހި ކުރުމުގެ އާ ގޮތްތަކާ ބެހޭގޮތުންނާއި އެމްއެންޑީއެފްއަށް، ޔޫއެސްގައި ހުރި އާ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށެވެ.