ޚަބަރު

ކަނޑޫދޫގައި ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފައްޓަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފި

މަރިޔަމް ޝަހުދާ

2

ތ. ކަނޑޫދޫގައި ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ކަނޑޫދޫ ކައުންސިލްގެ މެމްބަރުން އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރަށުގެ މިހާރުގެ ހާލަތާއި ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސަށް އެރުވިއެވެ.

މިގޮތުން ރަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް ހިދުމަތް ދޭނެ އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ބައެއް މަޝްރޫއުތައް އަލުން ފައްޓަވައިދެއްވުމަށްވެސް ރައީސްގެ އަރިހުން މެމްބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކަނޑޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟