ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރުގެ ނައިބު ފެންވަރުގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ހ. ހީނާގަސްދޮށުގެ، އަހުމަދު ސަލީމް (ބޮޑު ހީނާ) އައްޔަންކޮށްފި އެވެ.
މިއަދު ސަލީމް މަގާމަށް އައްޔަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ 6 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތިންނެވެ.
ސަލީމް އަކީ 2018ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކޮށްފައިވާ ދިގު މުއްދަތަކަށް ކުޅިވަރު ދާއިރާއަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާސިލްކުރައްވަފައެވެ.
ސަލީމަކީ ފުޓްބޯޅައިން ޒުވާން ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެކެވެ.