ހަށިގަނޑުގެ ބަރުދަން ލުއިކުރުމާ މެދު ވިސްނާއިރު، ޗީޒަކީ ހިތަށް އެންމެ ފަހުން އަންނަ އެއްޗެކެވެ. އޭގެ ބަދަލުގައި، ގިނަ މީހުންނަށް ޕީނަޓް ބަޓަރު ފެންނާނީ ރަނގަޅު އޮޕްޝަނެއްގެ ގޮތުގައެވެ. އެކަމަކު މި ދެ ބާވަތުގެ ކެލަރީ އަދި ޕްރޮޓީންގެ މިންވަރަށް ބަލާއިރު، ހަގީގަތް އޮތީ އެހެނެއް ނޫނެވެ.
ފިޓްނެސް ކޯޗެއް ކަމަށްވާ ރާލްސްޓަން ޑިސޫޒާ މިވަނީ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި އޭނާ މަޝްވަރާކޮށްފައި ވަނީ އެއް ސައިސަމުސާ ޕީނަޓު ބަޓަރާއި ޗީޒް ފަޅިއެއްގެ ވާހަކައަށެވެ.
އޭނާ ބުނި ގޮތުގައި ޗީޒަކީ ރަނގަޅު އޮޕްޝަނެކެވެ. މި ކްލިޕްގައި ދެ ބާވަތުގެ ކާނާގެ މިންވަރު ހިއްސާކޮށްފައިވެއެވެ. ޗީޒުގެ 1 ފަޅީގައި "62 ކެލަރީ، 0.8 ގްރާމް ކާބޯހައިޑްރޭޓް، 5 ގްރާމް ފެޓްސް، އަދި 3.4 ގްރާމް ޕްރޮޓީން" ހުންނައިރު، އެއް މޭޒުމަތީ ސަމުސަލުގެ ޕީނަޓް ބަޓަރުގައި "95 ކެލަރީ، 3.5 ގްރާމް ކާބޯހައިޑްރޭޓް، 8 ގްރާމް ފެޓްސް، އަދި 3.5 ގްރާމް ޕްރޮޓީން" ހުރެއެވެ.
ޑިސޫޒާ އިތުރަށް ބުނެފައިވާ ގޮތުގައި ޗީޒުން ކޮންމެ ކެލަރީއަކަށް ލިބޭ ޕްރޮޓީންގެ މިންވަރު މަތިވެފައި، ކާބޯހައިޑްރޭޓާއި ފެޓްސް މަދުވާއިރު ޕީނަޓް ބަޓަރާ ހިލާފަށް ޗީޒަކީ ފުރިހަމަ ޕްރޮޓީނެކެވެ.
ފިޓްނަސް ޓްރެއިނާ ހިއްސާކޮށްފައިވާ ވީޑިއޯ
ސިއްހަތަށް ރަނގަޅީ ކޮން އެއްޗެއްތޯ ނިންމާއިރު، ކާ މިންވަރަށްވެސް ވިސްނާން ޖެހެއެވެ. ފިޓްނަސް ކޯޗު ބުނީ، ޗީޒުގެ އެއް ފަޅި ސީދާކޮށް މިންކުރަން ފަސޭހަވާނެ ކަމަށެވެ. އެކަމަކު ޕީނަޓް ބަޓަރުގެ އެއް މޭޒުމަތީ ސަމުސާ ރަނގަޅަށް މިންކުރަން އުނދަގޫވެދާނެއެވެ. އެހެންކަމުން އޭގެ ސަބަބުން ބޭނުންވާ ވަރަށްވުރެ ގިނައިން ކެވިދާނެއެވެ.
"އަހަރެން މިބުނަނީ ޕީނަޓް ބަޓަރަކީ ނުބައި އެއްޗެކޭ ނޫން. ޕީނަޓް ބަޓަރު ބޭނުންކުރަން ރުހޭނަމަ، އެގޮތަށް ކުރިއަށް ގެންދާންވީ. ހަނދާން ބަހައްޓަންވީ ކަމަކީ، ޕީނަޓް ބަޓަރުގެ ސޭންޑްވިޗް ކައިކައި ފޫހިވެއްޖެނަމަ ނުވަތަ ބަދަލެއް ބޭނުންވެއްޖެ ނަމަ، ޗީޒުގެ އެއް ފަޅިއަކީ އަބަދުވެސް ރަނގަޅު ބަދަލެއްކަން. އެހެން ނޫންނަމަ، އެއަށްވުރެވެސް ރަނގަޅު ބަދަލެއްކަން."
ހާވަޑް ޓީއެޗް ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ނިއުޓްރިޝަން ޑިޕާޓްމަންޓުގެ ރިސާޗް ސައިންޓިސްޓް ވަސަންތީ މަލިކް ބުނެފައިވާ ގޮތުގައި، ޕީނަޓްސްގައި ކެލަރީއާއި މޭވާ ވަރަށް ގިނައެވެ. ނަމަވެސް އޭގައި ހުންނަނީ 'ރަނގަޅު މޭވާ' އެވެ. ހާވަޑްގެ ކަރުދާހެއްގައި މަލިކް ހުށަހަޅާފައިވާ ގޮތުގައި ޕީނަޓް ކާއިރު ރަނގަޅީ އޭގެ ތޮށި ނުނައްޓައި ކެއުމެވެ. އެއީ އޭގައި ހުންނަ 'އިންފްލަމޭޝަނާ ދެކޮޅު ޕޮލިފީނޯލްސް'ގެ ސަބަބުންނެވެ.
ސަމާލުކަމަށް: މި މައުލޫމާތު ދީފައިވަނީ ހަމައެކަނި އާންމު މައުލޫމާތު ދިނުމުގެ ގޮތުންނެވެ. އަދި މިއީ މީހެއްގެ އަމިއްލަ ތަޖުރިބާއެވެ. މިއީ ޕްރޮފެޝަނަލް މެޑިކަލް ލަފައެއްގެ ބަދަލެއް ނޫނެވެ. ސިއްހީ ކަމަކާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.