މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ނައިބު ރައީސް ކަމަށް "ވަން އޮންލައިން" ގެ ސީނިއާ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ސިމާއު އިންތިހާބުކޮށްފިއެވެ.
ސިމާއު، އެމްއެމްސީގެ ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަރީފް، އެ ކައުންސިލުން މިއަދު އިސްތިއުފާދިނުމާ ގުޅިގެންނެވެ.
ސިމާއު، އެމްއެމްސީގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރުމަށް ނަން ހުށަހަޅާފައިވަނީ މޫސާ ރަޝީދެވެ.
އެ ކައުންސިލްގެ މިއަހަރުގެ ހަތް ވަނަ ދައުރުގެ 46 ވަނަ ޖަލްސާގައި ނެގި ސިއްރު ވޯޓަކުން ސިމާއު އެ މަގާމަށް އިންތިހާބުކޮށްފައިވަނީ 10 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްސީގައި މީޑިއާތަކުން އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިން ހަތް މެމްބަރުންނާ އެކު 15 މެންބަރުން ތިބެއެވެ. ހުސެއިން ޝަރީފް، އެ ކައުންސިލުން މިއަދު އިސްތިއުފާ ދިނުމާ ގުޅިގެން މިހާރު އެ ކައުންސިލްގައި ތިބެނީ 15 މެންބަރުންނެވެ. އެ މެންބަރުންނަކީ: