ޚަބަރު

ރާއްޖެއިން ޔޫއެންއަށް ކަނޑައެޅި ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ތިލްމިޒާ މަގާމުގެ ފަތްކޮޅު އަރުވައިފި

މަރިޔަމް ޝަހުދާ

ރާއްޖެއިން ޔޫއެންއަށް ކަނޑައެޅި ޕާމަނަންޓް ރެޕްރެޒެންޓޭޓިވް (ދާއިމީ މަންދޫބު) ތިލްމިޒާ ހުސައިން ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

ތިލްމިޒާއަކީ ރާއްޖެއިން ޔޫއެންއަށް ކަނޑައަޅާފައިވާ ފުރަތަމަ އަންހެން ދާއިމީ މަންދޫބެވެ. އޭނާ މަގާމުގެ ފަތްކޮޅު ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް އަރުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ތިލްމިޒާ ވަނީ މީގެ ކުރިން 2009 އަކުން ފެށިގެން ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ނިމުމާއި ހަމައަށް ރާއްޖެއިން ޔޫއެންއަށް ކަނޑައަޅާފަ ހުންނަ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ކަމުގެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ތިލްމިޒާއަކީ މިހާރު ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.