ގިނައިން އާމްދަނީ ލިބޭ މީހުންގެ ތެރެއިން އިންކަމް ޓެކްސް ދައްކާ ފަރާތްތަކުން ކޮންމެ އަހަރަކު ވަކި މިންވަރެއް އެނުއަލް ހެލްތު ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށް ބަދަލު ގެންނަން ހުށަހަޅާފައިވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމުކުރި ދައުލަތުގެ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ބުނެފައިވާ ގޮތުން އެގޮތަށް ބަދަލުކުރުމުން އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް މިހާރުވެސް އޮންނަ އުސޫލުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.
އެއާއެކު ބޭސްފަރުވާއަށް ދެމުން އަންނަ އެހެނިހެން އެހީތައްވެސް ދެމެހެއްޓެނިވި އުސޫލަކުން ފޯރުކޮށްދިނުމަށް، އެންމެ އެހީއަށް ބޭނުން ޖެހޭ މީހުންނަށް ހާއްސަކޮށް ބަދަލުކުރަން ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ބުނީ، ދައުލަތުން ފޯރުކޮށްދޭން ޖެހޭ އިޖުތިމާއީ ރައްކާތެރިކަން އޭގެ އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް، ހަރަދުކުޑަކުރުމުގެ މުހިންމު ސިޔާސަތުތަކެއް ތަންފީޒުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.
އެގޮތުން ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ 'ސޭފްޓީ ނެޓް' އެއް ގާއިމުކޮށް އެއް ނިޒާމެއްގެ ތެރެއިން ފަގީރުންނަށާއި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އިސްކަން ލިބޭނެހެން ޓާގެޓުކޮށްގެން ސަބްސިޑީ، ސިއްހީ އެހީތައް، ޕެންޝަން އަދި އެހެނިހެން ސޯޝަލް ވެލްފެއާ ޕްރޮގްރާމްތަކުގެ ނިޒާމު ބަހައްޓަންކުރަން ރާވާފައިވާނެ ކަމަށްވެސް ބުންޏެވެ. އޭގެ ތެރޭގައި:
އެހެން ނަމަވެސް، މުއްސަނދީން އަތުން އާސަންދަ ނިޒާމަށް ނަގާ އަދަދެއް އަދި ނަގަނީ ކޮން ގޮތަކަށް ކަމެއް ސާފުވާނެ ގޮތެއް ނުވި އެވެ. އެއީ ނަގުދު ފައިސާއިން ވަކި ވަރެއް ނަގަނީތޯ، ނޫނީ އެފަދަ ފަރާތްތަކުން ސްކީމް ބޭނުންކުރައްވާ ނަމަ އަހަރީ ޗަންދާއެއް ނޫނީ ފީއެއް ދައްކަވަނީތޯ، ނުވަތަ މުއްސަނދީންގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކުގެ އަދަދުން ކަނޑައެޅޭ ސީދާ ވަކި އަދަދެއް ނަގަނީ ކަމެއް ނޭނގެ އެވެ.