ރޯދަމަސް

ރޯދަމަހުގެ 17 ވަނަ ދުވަސް: ކަނޑުމަސް ތިޔާގިވެ އަގުހެޔޮވެއްޖެ

މުހައްމަދު އައުޒަމް

ރޯދަމަހުގެ މެދުތެރޭގެ ދުވަސްތައް ގުނަމުންދާއިރު ބާޒާރުގެ އަގުތައް ހެޔޮކަން ފާހަގަކޮށްލެވެއެވެ.

މިއަދު މަސް މާރުކޭޓުގެ އަގުތަކަށް ބަލާއިރު ރޯދަމަހުގެ ކުރީކޮޅާ އަޅައިބަލާއިރު ރޯމަސް ތިޔާގިކަން ފާހަގަކޮށްލެވެއެވެ. ކަނޑުމަސް ރޯދަމަސް ފެށުނު އިރު 40ރ އަށް ކިލޯ ލިބުނުއިރު މިއަދު މިވަނީ ހެޔޮވެ 30ރ އަށް ކިލޯއަކަށް ތިރިވެފައެވެ. ކަންނެލިވެސް މިއަދު ލިބެން ހުރީ 30ރ އަށް ކިލޯގެ ރޭޓުންނެވެ. އަދި ބޮޑުކަންނެލީގެ ކިލޯއެއް 35ރ އަށް ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ. މަހުގެ އެހެނިހެން ބާވަތްތަކަށް ބަލާއިރު ރިއްމަސް 20ރ އަށް ފަސް މަސް ލިބެއެވެ. އަދި ދޮން ނޫމަސް 20ރ އަށް ތިން މަސް ލިބެން ހުރިއިރު މުށިމަސް ލިބެން ހުރީ 20ރ އަށް ހަތަރު މަހުގެ ރޭޓުންނެވެ.

ލޯކަލް މާރުކޭޓުގެ އަގުތައްވެސް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ފާހަގަކޮށްލެވެއެވެ. މިރުހުގެ ބާވަތްތަކަށްވެސް ބޮޑުބަދަލެއް އައިސްފައެއް ނުވެއެވެ. ކަނޑޫދޫ މިރުސް އަދިވެސް އަގުބޮޑުކަން ފާހަގަކޮށްލެވެއެވެ. ކަނޑޫދޫ މިރުސް މިއަދު ލިބެން ހުރީ 500ރ އާއި 700ރ އާއި ދެމެދު ކިލޯއެއްގެ ރޭޓުންނެވެ. ބޭރުމިރުހުގެ އަގަށްވެސް ބަދަލު ނާންނަކަން ފާހަގަކޮށްލެވެއެވެ. ލޯކަލް މާރުކޭޓުގައި މިއަދު ޔޫގެންޑާ މިރުސް ކިލޯއެއް ލިބެން ހުރީ 150ރ އަށް ކިލޯއެކެވެ. އިއްޔެ ޔޫގެންޑާ މިރުސް 120ރ އަށް ކިލޯ ލިބުނުކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 10:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 18ރ ، 25ރ ކިލޯ
2. ލެޓިޔުސް 30ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 500ރ ، 700ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 15ރ އާ ދެމެދު
9. ގަބުޅި 10ރ އާއި 20ރ އާ ދެމެދު
10. ކުރުނބާ 10ރ އަދި 30ރ
11. ފާގަ 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 60ރ ކިލޯ
18. ކެބެޖް 30ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 70ރ ކިލޯ
22. ދޮންކެޔޮ 2ރ، 5ރ

މަސް:
1. ގޮދާ 30ރ ކިލޯ
2. ކަންނެލި 30ރ ކިލޯ
3. ބޮޑު ކަންނެލި 35ރ ކިލޯ
4. ރިއްމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 4 މަސް
6. މާނިޔާމަހެއް 40ރ
7. ދޮން ނޫމަސް 20ރ އަށް 3 މަސް