ޚަބަރު

ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

އދ. ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

'ވަން' އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އަންހެން ކުއްޖެކެވެ. އޭނާގެ ސީދާ އުމުރެއް އަދި ގައުމެއް ކަށަވަރެއް ނުވެއެވެ.

އޭނާ މަރުވީ ދިގުރަށުން އެކްސްކާޝަނަށް ދިޔަ ދޯނިން ފުންމާލި ވަގުތު، ދޯނީގެ ބުރަފަތީގައި ޖެހިގެން ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށްވެސް އެނގިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ދިގުރަށަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

ނަމަވެސް ދިގުރަށު ސިއްހީ މަރުކަޒުން ފޯނަށް ޖަވާބު ނުދޭތީ އެކަން އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންވެސް އަދި ހިއްސާކޮށްފައި ނުވާއިރު، ދިގުރަށު ކައުންސިލުގެ މެންބަރުންވެސް ފޯން ނުނަންގަވާތީ ތަފުސީލެއް ލިބޭ ގޮތެއް ނުވެއެވެ.