ޚަބަރު

ހުޅުމާލޭގައި ފުޅިއެއް ގޮއްވާލި މައްސަލައެއް ފުލުހުން ބަލަނީ

ހުޅުމާލޭގައި ފުޅިއެއް ގޮއްވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ހުޅުމާލޭ 16 ނަމްބަރު ފްލެޓު ކައިރީގައި ބާރުގަދަ އަޑެއް އިވުނު ކަމަށް ބުނެ އާންމު ފަރާތަކުން މިރޭ 10:10 ހާއިރު މައުލޫމާތު ދީފައިވާ ކަމަށާއި އެއްޗެއް ގޮވި ކަހަލަ އަޑެއް ކަމަށް ބުނެ މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ބެލި ބެލުމުން 16 ނަމްބަރު ފްލެޓާއި 18 ނަމްބަރު ފްލެޓު ދޭތެރޭގައި ފުޅިއެއް ގޮއްވާލާފައި އޮތްކަން އެނގުނު ކަމަށާއި އެ ފުޅި ގޮއްވާލާފައިވަނީ ކުޑަ ފުޅިއަކަށް ސާފް ލިކުއިޑް އަޅައިގެން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.