މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ދުވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުންދިޔަ މީހާ މަރުވެއްޖެއެވެ.
މަރުވެފައިވަނީ މއ. ވައިޓް އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ)، 45އ. އެވެ.
އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ ހުޅުމާލޭގައި މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އެ ދުވުމުގެ ފަސް ކިލޯމީޓަރު ރޭސް ނިމުނު ފަހުންނެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އެ ދުވުމުގެ ފަސްޓް އެއިޑް ޕާޓްނަރު، މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ. އިތުރު ފަރުވާއަށް އޭނާ ދެން ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ.
އޭނާ މިއަދު ހަވީރުގެ ވަގުތެއްގައި މަރުވެފައިވާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ފަތިސް ނަމާދަށްފަހު ހުޅުމާލެ ސަހަރާގައެވެ.