މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ދިރާގުން ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 12 އެންޖީއޯއަކަށް ޖުމުލަ 680،850 ރުފިޔާ ހަދިޔާކޮށްފިއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެސް ހާއްސަކުރެވިފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. އެގޮތުން މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ފޯރުކޮށްދިނެވެ. އެގޮތުން ދިރާގުން ވަނީ އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށާއި އަނިޔާއިން ކުޑަކުދިން ހިމާޔަތްކުރުމުގެ އިތުރުން ކުދިންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ 12 އެންޖީއޯއަކާއެކު ޕަޓްނާ ވެފައެވެ.
އެގޮތުން ކޮންމެ ދުވުންތެރިއެއް ވެސް ރޭހަށް ރަޖިސްޓްރީ ކުރިއިރު އިހުތިޔާރުކުރާ އެންޖީއޯއެއް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ. މިގޮތުން ބައިވެރިންގެ ފަރާތުން އެންމެ ގިނައިން ނޮމިނޭޓްކުރެވުނު ފަސް އެންޖީއޯއަކަށް ބެހިގެންދާގޮތަށް ދިރާގުން ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަނެއް ހަދިޔާކޮށްފައިވެއެވެ.
މީގެ އިތުރުން ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާއިން ޖުމުލަ 480.850 ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނަރު އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ.
ދިރާގުން ބުނި ގޮތުގައި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭސް މެދުވެރިކޮށް ޖުމުލަ 680,850 ރުފިޔާ ވަނީ އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ.
ދިރާގުން ވަނީ ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 80،071 ރުފިޔާވެސް ވަނީ ހަދިޔާކޮށްފައެވެ. އެއީ:
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި އެންޑޯސްކޮށްފައިވާ އަނެއް ހަތް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް ދިރާގުން ވަނީ 40،071 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އެއީ:
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.