ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ފައިސާގެ އެހީވުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ މެސެޖަކީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ފަތުރަމުންދާ މެސެޖެއް ކަމަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.
ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވަނީ، ލަންކާގެ މުސްލިމުންނަށް އެހީވުމަށް ކަމަށް ބުނެ ފައިސާ ހޯދަމުންގެންދާ ކަމަށާއި، އެހެންކަމުން އެފަދަ ކަންތައްތަކަށް ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ލަންކާގެ މުސްލިމުންނަށް އެހީވާންކަމަށް ބުނެ ފަންޑު ހޯދާފަރާތުގެ ބެންކް އެކައުންޓް ނަންބަރާއި ނަންވެސް އެމްބަސީން އާންމުކޮށްފައިވެއެވެ. އެގޮތުން އާންމުކޮށްފައިވަނީ އެމް.އެން.އެން.އެމް ޝަބިރުގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެކެވެ. އޭނާގެ އެކައުންޓް ނަންބަރަކީ 8470025010 ކަމަށް އެމްބަސީން ބުނެފައިވެއެވެ.
އެއްވެސް ފަރާތަކުން އެ އެކައުންޓާ، އެފަދަ މުއާމަލާތެއް ނުކުރުމަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ ބުނެފައެވެ.