ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި 71 އަހަރުގެ ފިރިހެން މީހާގެ ބަންދަށް މިއަދު 15 ދުވަސް ޖަހާފައިވަނީ އޭނާ ހައްޔަރުކުރި ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ.
ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ލިބޭކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުއެވެ، އެ މައްސަލަ ހުށަހެޅުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލި ބެލުމުން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ކުއްޖާގެ 13 އަހަރުގެ ބޭބެއާއި 16 އަހަރުގެ ބޭބެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ކުއްޖާގެ މަންމަގެ ލޯބިވެރިޔާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފައެވެ.
އެ މައްސަލަ ކުރިމަތިވުމާއެކު ކުއްޖާއަށް ވަނީ ހިމާޔަތް ދީފައެވެ.