ޚަބަރު

ގައްދޫގައި އެމްޑަބްލިޔުއެސްސީގެ ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ގދ. ގައްދޫގައި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ ސްކޫލު ކައިރީގައި އެމްޑަބްލިޔުއެސްސީން ބާއްވާފައި އޮތް ބޮޑު ކަރަންޓު ކޭބަލެއް ބުރިކޮށްލާފައިވާ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:00ގައި ކަމަށެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް އަދި 42 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ޝަރީއަތް ނިމެންދެން އެ ތިން މީހުން ބަންދުގައި ބޭތިއްބުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.