ޔޫޓިއުބްގެ އެންމެ މަޝްހޫރު ތަރި، މިސްޓަ ބީސްޓް އާއި ޖެކުލީން ފަރނާންޑެޒްއާ ގުޅިގެން "ބީސްޓް ފިލަންތްރޮޕީ" މެދުވެރިކޮށް މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ.
މިސްޓަ ބީސްޓްއަކީ އޭނާގެ ޗެލެންޖުތަކާއި ފައިދާ ބޮޑު ހަދިޔާތަކުގެ ސަބަބުން ގިނަ ބަޔަކަށް އެނގޭ މަގުބޫލު ނަމެކެވެ. 320 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުންނާއެކު، މިސްޓަ ބީސްޓް ޔޫޓިއުބްގައި އެންމެ ކުރީ ސަފުގައި ހުރެ، އޭނާގެ ކެމްޕޭންތަކުން މިލިއަނުން ފައިސާ އެއްކޮށްފައިވެއެވެ.
ބެލެނިވެރިން މެންޓާކުރުމާއި ކުޑަކުދީންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭ އެންޖީއޯއެއް ކަމަށްވާ އުދަޔަން ކެއާ އާ މިސްޓަ ބީސްޓްގުޅުނެވެ.
ޖެކުލީން ދިއްލީއަށް ކުރި ދަތުރެއްގައި އުދަޔަން ކެއާގެ އަންހެން ކުދީންނަށް ޒިޔާރަތްކުރިއެވެ. މި ދަތުރުގައި އޭނާ އާ އެތަނުން ބައްދަލުވެފައި ވަނީ އުއްތަރު ޕްރަދޭޝްގެ މުރާދާބާދުން އައިސް ހުރި ހުނަރުވެރި ޒުވާން ޑިޒައިނަރެއް ކަމަށްވާ ޝީތަލްއާ އެވެ.
އޭނާ ވަނީ ޝީތަލްއަށް ހެދުމެއް ފަރުމާ ކުރުމުގެ ފުރުސަތުދީފައެވެ. ޝީތަލް 3 މަސްދުވަސް ހޭދަކޮށް ޖެކުލީންއަށް ވަރަށް ރީތި ހެދުމެއް ފަރުމާކުރިއެވެ. މި ހެދުން ފަރުމާކުރުމުގައި އޭނާ އިންސްޕަޔާ ވެފައިވަނީ މަޝްހޫރު ޑިޒައިނަރު އެލެގްޒެންޑާ މެކުއީންގެ ފަރާތުންނެވެ. މުމްބާއީގައި އޭނާ މި ހެދުން ހުށަހެޅިއިރު، ޖެކުއިލީން ވަރަށް ބޮޑަށް ތައުރީފުކޮށް ބުންޏެވެ. "މިހެދުމުން އަހަރެންނަށް ވަރަށް ރަނގަޅު އިހުސާސެއް ކުރެވުނު. މި ހެދުން ލައިގެން ހުންނައިރު ބާރުވެރިކަން އިހުސާސްވޭ."
މި ހެދުމަކީ ހަމައެކަނި ފެޝަންގެ ބަޔާނެއް ނޫނެވެ. މިއީ ބާރުވެރިކަމާއި ހިތްވަރުގަދަކަމުގެ ނިޝާނެކެވެ. މި ހެދުން ފަރުމާކޮށްފައި ވަނީ އަންހެނުންނަށް ބާރުވެރިކަމާއި ރައްކާތެރިކަން އިހުސާސްކުރެވޭ ގޮތަށް، ހަތިޔާރެއް ފަދައިންނެވެ.
މި އެއްބާރުލުމުގެ ބައެއްގެ ގޮތުން، މި ރީތި ހެދުން ނީލަމުގައި ވިއްކާލެވޭނެ އެވެ. އަދި އޭގެ ފައިސާ ބޭނުންކުރެވޭނީ އުދަޔަން ކެއާގެ މަގުސަދުތައް ކުރިއެރުވުމަށެވެ.
މި މަޝްރޫއުއާއި އެއްބާރުލުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ޖެކުއިލީން ބުނީ، "ޝީތަލްއާ ބައްދަލުކުރުމަކީ ވަރަށް އިންސްޕަޔާވިކަމެއް ކަމަށާއި ނަމަވެސް، އޭގެ ސަބަބުން އެނގުނީ ގިނަ އަންހެން ކުދީންނަށް އަދިވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިލާންޖެހޭކަން ކަމަށެވެ. އުދަޔަން ކެއާ ފަދަ ޖަމިއްޔާތަކުން މި އަންހެން ކުދީން ބާރުވެރިކުރުވުމަށް ކުރަމުން އަންނަނީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތް ކަމަށް ޖެކުއަލީން ފާހަގަކުރިއެވެ.