ޚަބަރު

އިންޑިއާގެ ކުރިކެޓް ބޯޑާ ފޮެރިންމިނިސްޓަރ ބައްދަލުކުރައްވައިފި

އަލީ އިހްސާން

އިންޑިއާގެ، ބޯޑް އޮފް ކޮންޓްރޯލް ފޯ ކުރިކެޓް އިންޑިއާގެ ޖީއެމް ސަބާ ކަރިމް، ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދުއާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މިބައްދަލުވުމަކީ، މިދިޔަ އޭޕްރީލްމަހު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި ކުރިކެޓް ކުރިއެރުވުމާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ފޮލޯއަޕް ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކުރިކެޓް އިންޑިއާގެ ޖީއެމް ސަބާ ކަރިމްގެ އިތުރުން ކްރިކެޓް ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެ ލައްވައިފައެވެ.

މިދިޔަ އޭޕްރީލްމަހު ރައީސް ވަނީ އިންޑިއާ އަށް ވަޑައިގެން ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ކުޅުނު ކްރިކެޓް މެޗް ބައްލަވާލައްވައިފައެވެ.

މި ދަތުރުފުޅުގައި، ރައީސް ސޯލިހު ވަނީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްޓަކައި އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ބެންގަލޫރު ގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.