ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ކިރުފޮޅިއަކީ ރިހައާއި އެކު ކާލަން ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ހަނޑޫ (ހިމުންކޮށް ފުނޑާފައި)
1 ޖޯޑު ގަބުޅި ހުނި
2 ބިސް
ރަހަލާވަރަށް ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް:
ހަނޑުލު ފުށާއި ގަބުޅި ހުނި މިކްސަރަށް އަޅައި، ދެބައި އެއްކޮށް ހިމުންކުރާށެވެ. ހިމުންވުމުން ފުށްގަނޑުގެ ތެރެއަށް ބިސްއަޅައި، ކުޑަ ލޮނުކޮޅެއް ލައިގެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތަވައިގައި ކުޑަތެޔޮފޮދެއް ހާކާލުމަށްފަހު ފަހަރަަކު ފޮޅިއެއް ފިހާށެވެ. ފޮޅި އަޅާނީ ވީހާވެސް ބޮޑަށް ތުނިކޮށެވެ. ރޯމަހު ކިރުގަރުދިޔަ އާއެކު މޮޑެގެން ވަރަށް މީރުވާނެއެވެ.
ބޭނުންނަމަ ގޮދަންފުށުގައިވެސް ކާށި ކިރު އަޅައިގެން ކިރުޕޮޅި ފިހެވިދާނެއެވެ.