ޚަބަރު

ޖީބަށް ލާރި ލައިގެން ޔާމީނާ ކައިރިވާކަށް ނުވާނެ، ވަގަށް ނަގާނެ: ފަލާހު

އިބްރާހިމް ޒަކީ

ޖީބަށް ލާރިއެއް ލައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ކައިރިވެއްޖެ ނަމަ އެ ލާރިވެސް އެ މަނިކުފާނު ވަގަށް ނަންގަވާނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އޭޝިއާ ގައުމުތަކުގެ ތެެއިން ކޮރަޕްޝަން ހިންގުމުގައި އެންމެ ކުރީގައި އުޅޭ ގައުމަކީ ރާއްޖެ ކަމަށެވެ. އެއީ މީގެ ކުރީން ތިއްބެވި ވެރިން ހިންގާފައިވާ ކޮރަޕްޝަނާއި، ޖަރީމާތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން ހިންގާފައިވާ ގޮތަށް ބަލާއިރު އެ މަނިކުފާނަކީ މާކުރިންވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ބޭފުޅެއް ކަަމަށް ފަލާހު ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެކުރިން ވެސް އަޅުގަނޑުމެން ޅައިރު، އޭރުވެސް އަޑުއިވޭ އެސްޓީއޯގެ ޗެއާމަނަކަށް ހުރިއިރުގައި، އެސްޓީއޯއިން ކުރި ވައްކަންތަކުގެ ވާހަކަ،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ ފައިސާ ބޭނުންކުރައްވާފައިވާ ކަމަށެވެ. އެކަމަށް ޓަކައި މއަދު ދެރަވާ ކމަށްވެސް ވިދާޅުވިއެވެ.

"އެ މަނިކުފާނުގެ އަރިހަށް ނުވާނެ ޖީބަށް ލާރިއެއް ލައިގެންދާކަށް ނަގާނެ، ވަގަށް، ފުރަގަހުގައި ޖީބަށް ވޮލެޓަށް ލައިފަ އޮތަސް ކައިރީގަ އިންނައިރު ނަގާގޮތްވެސް ނޭނގޭނެ، އަމިއްލަފުޅަށް ވިޔަފާރި ނުކުރައްވާ ބޭފުޅަކު ދިރިއުޅުއްވުން އެ ފެންނަ ތަނަވަސްވުމުގެ ސަބަބުން އަސަރުކުރޭ، އެއީ ދިވެހި ރައްޔިތުންގެ ފައިސާ، އަދި އެވަރަށް ވައްކަން ކޮށްގެން ކުދިކުދި ޕާޓީ ހަދައިގެން އަމިއްލަ ގޭގަ ކުދިކުދި ގޮޅީގަ 4 މީހުން 5 މީހުން ލައިގެން ގައުމު ގައުުތފަސާދަކޮށްފި،"

ފަލާހު ވިދާޅުވީ، އޭސީސީއަށް ބާރުދީ އޭސީސީ ހަރުދަނާ ކުރަން ޖެހެނީ އެ ސަބަބާ ހުރެ ކަމަށެވެ.