ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ.
އެގޮތުން ކެރަމަލް ޕުޑިންއަކީ ވެސް ވަރަށް މީރު ފޮނިކާއެއްޗެކެވެ.
ބޭނުންވާ ތަކެތި:
6 ބިސް
2 މޭޒުމަތީ ސަމުސާ ހަކުރު
2 ސައި ސަމުސާ ވެނީލާ އެސެންސް
1 ދަޅު ގެރި ކިރު
ބައި ދަޅު ފެން
ތައްޔާރުކުރާ ގޮތް:
ބިސް، ގެރިކިރު، ފެންފޮދު އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ވެނީލާ އެސެންސްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހަކުރުކޮޅު ޓްރޭއަށް އެޅުމަށް ފަހު، 1 ސައި ސަމުސާ، ފެން ފޮދެއް އަޅައި އުނދުނުން ހޫނު ކޮށްލާށެވެ. ހަކުރު ރަތްވެ އޮލަ ވުމުން އުނދުން ބާލާށެވެ.
ޕުޑިން ތައްޔާރުމަށްޓަކައި އެޅި ޓްރޭއަށްވުރެ ބޮޑު ޓްރޭއަކަށް ފެން އަޅުމަށްފަހު ޕުޑިން އެޅި ޓްރޭ ފެން ޓްރޭގެ ތެރެއަށް ލާށެވެ. ޓްރޭ ލާންވާނީ ވަށައިގެން ފޮއިލް އޮޅާފައެވެ. ތެލީގައި ކެއްކި ނަމަވެސް ތެލި ތެރެއަށް ޓްރޭ ލުމަށްފަހު ޓްރޭއަށް ފެން ނުވަންނާނެހެން މަތިޖަހައިގެން ކައްކާށެވެ. މި ގޮތަށް 30 މިނިޓް ވަންދެން ކައްކާށެވެ.
ޕުޑިން އައިސް އަލަމާރިއަށްލާ ފިނިކޮށްލާށެވެ. އޭރުން ޕުޑިންގެ މީރުކަން އިތުރުވާނެއެވެ.