ޚަބަރު

ވަގަށް ނަގައިގެން އުޅުނު 67 ސިނގިރޭޓު ކާޓޫނާއާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގައިގެން އުޅުނު 67 ސިނގިރޭޓު ކާޓޫނާއާއެކު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އިއްޔެ 5:40 ހާއިރު، ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު އޮލިމްޕަސް ކައިރިން ދިޔަ މީހަކާ މެދު ތުހުމަތު ކުރެވިގެން އޭނާ ގެންގުޅުނު ދަބަސްތަކާއި ކޮތަޅުތަކެއް ބަލައިފާސްކުރި އިރު، 67 ކާޓޫން ސިނގިރޭޓް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ އޭނާ އޯޝެން ނީޓިކަލްސް ޕްރައިވެޓް ލިމިޓެޑުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ ހިރުނދުމާގޭ، އުމުރުން 24 އަހަރުގެ އަހުމަދު ލުޖައިންއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ލުޖައިންއަކީ ވައްކަމުގެ ރެކޯޑް އޮންނަ ފަރާތެކެވެ.