ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް

އަހުމަދު ޖައިޝަން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރޭ ވަނީ ދެކުނުގެ ފަސް އަތޮޅަކަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ރޭ ވައިޓް އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

"ވަން އޮންލައިން" އަށް މިއަދު މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މެދުރާއްޖެއާއި ދެކުނުގެ ސަރަހައްދުތަކަށް އާންމުގޮތެއްގައި ވައިޖެހޭނީ ހުުޅަނގާއި ހުޅަގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.