ޚަބަރު

އެޗްޑީސީން ނުކުމެ ހުޅުމާލެ ބީޗު ސާފުކޮށްފި

ފާތިމަތު ލިޔުޝާ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް ދޭއްގެ ބީޗު ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

"ހިތްފަސޭހަ ހުޅުމާލެ" ނަމުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގެ ހޭޅިއާއި މޫދަށް އެރޭ ސަރަހައްދާއި އެ ސަރަހައްދު ފެހިކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިޔައެވެ.

މިއަދުގެ ހަރަކާތުން ނެގި ކުނީގެ އަދަދެއް އަދި އެޗްޑީސީއަކުން ނުބުނެއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ މިއަދުގެ ހަރަކާތަކީ ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމަށް އެ ކުންފުނިން އިސްކަންދީގެން ކުރިއަށްގެންދާ ހަރަކާތުގެ ބައެއް ކަމަށެވެ. އަދި އުންމީދަކީ އެފަދަ ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސް ހުޅުމާލެ އަކީ ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށް ވިދާޅުވިއެވެ.