ޚަބަރު

ކުޅުދުއްފުށީ ގެއެއްގައި ރޯވެއްޖެ

1

ކުޅުދުއްފުށީ ސިޓީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ މިރޭގެ ވަގުތެއްގައި ކުޅުދުއްފުށީ "ސަމޭދާން" ގޭގައެވެ.

ކުޅުދުއްފުށިން "ވަން"އަށް މައުލޫމާތުދިން މީހަކު މިރޭ ބުނީ ވަޑާމުގެ މަސައްކަތް ކުރާ އެ ގެއަކީ ކުޑަ އާއިލާއެއް ދިރިއުޅޭ ގެއެއް ކަމަށާއި ރޯވެފައިވަނީ އެ މީހުން ގެއިން ބޭރުގައި އުޅުނު ވަގުތެއްގައި ކަމަށެވެ. އަދި ގޭގައި ވަކިން ފަނުން ހަދާފައިވާ ބައެއް ހުރުމުން، އެ ބައިގައި ވަރަށް ބޮޑަށް އަލިފާން ހިފި ކަމަށް އޭނާ ބުންޏެވެ.

އެ ގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލުކޮށްފައިވާ އިރު، އެ ގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެ ގޭގައި މިދިޔަ ރޯދަ މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.

އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟