ޚަބަރު

އައިލެންޑް އޭވިއޭޝަންގެ ވެރިންގެ މުސާރަ ބޮޑު ކުރިކަމަށް ދެކެވޭ ވާހަކަ އެކުުންފުނިިން ދޮގުކޮށްފި

އިބްރާހިމް ޒަކީ

އައިލެންޑް އޭވިއޭޝަންގެ ވެރިންގެ މުސާރަ ބޮޑު ކުރިކަމަށް ދެކެވޭ ވާހަކަ އެކުންފުނިިން ދޮގުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއަށް ނޭނގި އައިލެންޑް އޭވިއޭޝަންގެ އެކްސްކޯ އާއި އެ ކުންފުނީގެ ވެރިންގެ މުސާރަ ބޮޑު ކޮށްފައިވާ ކަމަށާއި، ނަމަވެސް އެ މުސާރަ ދެވެންނެތް ކަމަށް ފިނޭންސް މިނިސްޓްރީން އައިލެންޑް އޭވިއޭޝަނަށް އަންގާފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ހަބަރު ފެތުރެމުންނެވެ.

އެކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފިނޭންސް މިނިސްޓްރީގެ ލަފައަކާ ނުލައި އެ ކުންފުނީގެ މުސާރައާ ބެހޭގޮތުން އެއްވެސް ޑިޒިޝަނެއް ނަންގަވާފައިނުވާނެ ކަމަށެވެ.

އަދި އޭނާގެ އަމިއްލަ މުސާރަ ބޮޑު ކޮށްފައިނުވާ ކަމަށާއި، އަދި މުސާރަ ރިވިއު ކުރުމާ ބެހޭގޮތުން އެއްވެސް ފަރާތަކާ މަޝްވަރާ ކޮށްފައިނުވާނެ ކަމަށްވެސް ރިޒްވީ ވިދާޅުވެފައިވެއެވެ.

މިކަމާ ބެހޭގޮތުން އަދި ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.