67 އަހަރުގެ ޑިމްޕަލް ކަޕާޑިއާ އަކީ ވޯގް އިންޑިއާގެ ނޮވެމްބަރު-ޑިސެމްބަރު މަހުގެ މަޖައްލާގެ ކަވަރުގެ ތަރިއެވެ. ވޯގްއިން ވަނީ ޑިމްޕަލްގެ ފޮޓޯ ޝޫޓުގެ ފޮޓޯތައް އިންސްޓަގްރާމްގައި ޝާއިއުކޮށްފައެވެ.
ޑިމްޕަލްގެ އެ ފޮޓޯ ޝޫޓުގެ ވާހަކަތައް އިންޓަނެޓްގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެސް ވެފައެވެ. މިއީ އޭނާގެ ފުރަތަމަ ވޯގް ކަވަރު ކަމުން، ފޭނުން އުފާވެ، އަދި "ފައިނަލީ" ކިޔައި މަރުހަބާ ކިޔާފައިވެއެވެ.
ކުޑަކުޑަ މޭކަޕަކާއެކު، އޭނާގެ މޫނުގައި ހުރި ރޫތައްވެސް ސާފުކޮށް ފެންނަންހުރިގޮތަށް، ވޯގް އިންޑިއާއިން އާންމުކޮށްފައިވާ ފޮޓޯތަކުގައި ޑިމްޕަލް ވަނީ ފުރިހަމަ ހެދުންތަކާއި ގަހަނާތަކުން ޒީނަތްތެރިވެފައެވެ.
ޑިމްޕަލްގެ ދަރިފުޅު، ޓްވިންކަލް ކަންނާ، އެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީސްގައި ހިއްސާކޮށް ލިޔެފައިވަނީ، 'މަންމާ މީއާ!'" މިހެންނެވެ. ޓްވިންކަލް މިހާރު ވަނީ ފިލްމީ ދާއިރާއާ ދުރަށް ޖެހި ލިޔުންތެރިކަމުގެ ދާއިރާއަށް ބަދަލުވެފައެވެ.
ކަވަރުގެ ފޮޓޯގައި، އިސްތަށިގަނޑު ރީތިކޮށް ބްލޯއައުޓް ވޭވްސް އަދި މެދުން ބައިކޮށްފައިވާ ގޮތަށް ސްޓައިލްކޮށްފައި، ޑިމްޕަލް ހުރީ ކޮނޑުން ތިރިއަށް ޖައްސާލާފައިވާ ނޭވީ ބްލޫ ހެދުމެއްގައި ވަރަށް ޗާލުކޮށެވެ. ކަރުގައި ވަނީ ބޮޑު ފަށެއް އަޅާފައެވެ. މޭކަޕް ކޮށްފައިވަނީ ވަރަށް ސާދާކޮށެވެ. ސްމޯކީ އައިސް، މަސްކާރާ އަޅާފައިވާ އައިލޭޝަސް، ފެދަރޑް ބްރޯސް، އަދި ބްލަޝް ކުލައިގެ ތުންފަތް ޚިޔާރުކޮށްފައިވެއެވެ.
އެ ފޮޓޯ ޝޫޓަށް އޭނާ ލައިފައިވާ އެހެން ހެދުންތަކަށް ބަލާއިރު ކަޅު ޓަރޓްލްނެކް ޓޮޕަކާއި، އެސިމެޓްރިކް ރެޕް ސްކާޓަކާއި، އެމެރަލްޑް ގްރީން އޯވަލޭއެއް ލައިގެން ނަގާފައިވާ ފޮޓޯވެސް ފާހަގަކޮށްލެވެއެވެ. އޭނާ މި ހެދުމާއެކު އެކުއަމެރީން ސްލެބް ނެކްލަސްއަކާއި، އެމެރަލްޑް ވިންގް ކަންފަތުލާ އެެއްޗަކާއި، ކަޅު ކުލައިގެ ސްޓިލެޓޯއެއް (ހީލް ލައިފައިވާ ބޫޓު) ލައިފައިވެއެވެ. ކޮއިފްޑް ހެއަރޑޫއަކުން މި ލުކް ފުރިހަމަކޮށްފައިވެއެވެ.
އެހެން ސްޓައިލެއްގައި، އޭނާ ދެން ހުރީ ހުދު ޖެކެޓަކާއި ކަޅު ހަރުވާޅެއް އެކުލެވޭ ސަބްޔަސާޗީ އައުޓްފިޓެއް ލައިގެންނެވެ. މި ހެދުމާއެކު ސަބްޔަސާޗީ ހާރެއްވެސް އަޅާފައިވެއެވެ. އިސްތަށިގަނޑު ބްލޯއައުޓް ވޭވްސް ސްޓައިލްގައި ދޫކޮށްލާފައެވެ.