ޚަބަރު

ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީގެ މަގާމުން އިސްތިއުފާދީ، ލަޔާލް ސިޔާސީ ދާއިރާއާ ދުރަށް

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަގާމުން ކުރީގެ ނޫސްވެރިޔާ އާމިނަތު ލަޔާލް މަނިކު އިސްތިއުފާދީ، ސިޔާސީ ދާއިރާއާ ދުރަށް ދިއުމަށް ނިންމައިފިއެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލަޔާލް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ޑެޕިއުޓީ އެސްޖީގެ މަގާމުން އިސްތިއުފާދީފައިވަނީ އާއިލީ ޒިންމާ އިތުރަށް އަދާކުރުމާއި ސިޔާސީ ކަންކަމާއި ދުރަށް ޖެހިލުމަށް ބޭނުންވާތީއެވެ.

ލަޔާލްގެ ސިޓީގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ކާމިޔާބީ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަންކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ.

ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީގެ މަގާމަށް ލަޔާލް އައްޔަންކޮށްފައިވަނީ މިމަހުގެ ކުރީކޮޅެވެ.