"މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް"ގެ އޮނަރަރީ މެންބަރުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް ސޯލިހަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުކުރެއްވުމުގައި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ ފަރާތުން، ކުޅިވަރުގެ ދާއިރާއިން ކުރިއަށްގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމުތަކާ ބެހޭ މައުލޫމާތު ރައީސް ސޯލިހުއާ ހިއްސާކުރެއްވިއެވެ. އަދި ވޮލީގެ ދާއިރާއާ ހާއްސަކޮށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ރައީސަށް ހުށަހެޅުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާއި ޕްރޮގްރާމުތަކުގެ މައުލޫމާތު މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ.