ލައިފް ސްޓައިލް

ވިހެއުމަށްފަހު ހަށިގަނޑުގެ ފިޓްނަސް ލެވެލްއާ ބެހޭ ވާހަކަތައް އިޝާ ހިއްސާކޮށްފި

އީޝާ އަމްބާނީގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކަކު ކަމުގައިވާ އޮރީ، އަމެރިކާގެ ފެޝަން ސްޓައިލިސްޓް ލޯ ރޫޗްއާއެކު ވޯގް މަޖައްލާއަށް އިޝާ ނެގި ފޮޓޯ ޝޫޓެއްގެ ފަހަތުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ހިއްސާކޮށްފިއެވެ. މި ވީޑިއޯގައި އޮރީ ބުނެފައިވަނީ ވޯގް މަޖައްލާގެ ކަވަރަށް ނެގި ފޮޓޯ ޝޫޓުގައި އޭނާ ހުރީ 'ބިތްގަނޑުގައި އިން މެއްސެއްހެން' ކަމަށެވެ.

މި ވީޑިއޯގައި، އީޝާ އަމްބާނީ ބުނެފައިވާގޮތުގައި އޭނާގެ ކުޅިވަރުގެ ގާބިލުކަން މިހާރު ހުރީ ވަރަށް ދަށްކޮށެވެ.

"މިހާރު ތިހުރީ ފިޓްނެސް ލެވެލް ވަރަށް ދަށްކޮށްދޯ؟" އޮރީ، އޭނާއާ ސުވާލުކުރިއެވެ.

ލުއި ވުއިޓޮންގެ ޖެކެޓެއް ލައިގެން ހުރި އީޝާ ބުނީ، "އަހަރެން ފެންނަން ހުރެދާނެ ދުޅަހެޔޮކޮށް، އެކަމަކު ކުޅިވަރުގެ ގާބިލުކަމުގެ ގޮތުން، އަހަރެން މިހުރީ އެންމެ ދަށުގައި. މިވަގުތު އަހަރެންނަކަށް 50 މީޓަރެއް ނުވެސް ދުވެވޭނެ،" ކަމަށެވެ. އެހެން ބުނުމުން، އޮރީ މަޖަލަކަށް އޭނާއާ ސުވާލުކުރިއެވެ. "50 މީޓަރު ދުވީ ކޮން އިރަކު؟".

“އަހަރެން ވަރަށް ދުޅަހެޔޮކޮށް ހުރިން. ދަރިން ލިބުމުގެ ކުރިން އަހަރެން ވަރަށް ދުޅަހެޔޮކޮށް ހުރިން،” އިޝާ ބުންޏެވެ.

ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ ދަރިފުޅު އީޝާ އަމްބާނީއާއި އޭނާގެ ފިރިމީހާ އާނަންދް ޕިރަމަލްއަށް 2022 ގައި ދެ ކުދިން، ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ވަނީ ލިބިފައެވެ.

ވީޑިއޯގެ އެއް ހިސާބެއްގައި، އެއްޗެއް ކައިފިންތޯ ލޯ ރޫޗްއާ އިޝާ ސުވާލުކުރިއެވެ. "އަހަރެން ބޭނުން ފެޝަން ކާން. އެއީ އަހަރެންގެ ހެނދުނުގެ ނާސްތާ،" އޭނާ މަޖަލަކަށް ބުނެލިއެވެ. އެހެން ބުނުމުން ދެމީހުންވެސް ހިނިއައެވެ.

ނަމަވެސް، އޮރީ ވަނީ މި 'ބޮޑު ފެޝަން ޝޫޓް' ގައި ހުރި މެންދުރުގެ ކެއުމުގެ އޮޕްޝަންތަކުގެ ކުޑަ ތައާރަފެއް ދީފައެވެ. މެންދުރުގެ ކެއުމުގައި ހިމެނެނީ އިންޑިއާގެ ކާނާގެ އިތުރުން، ޕާސްޓާ، ސެލަޑް، އަދި ފުރިހަމަ ސޫޕެކެވެ.

މި ވީޑިއޯގައި އަދި ހިމެނެނީ ފޮޓޯ ޝޫޓުގެ ބެކްސްޓޭޖުގެ މަންޒަރުތަކެވެ. މީގެ ތެރޭގައި ވޯގް އާއެކު އިޝާ ފުރަތަމަ ޕްރޮޖެކްޓަށް ނެގި ހިތްގައިމު ހަތް ލުކުގައި ލައިގެން ހުރި މާމެލާމެލީގެ ހެދުންތައްވެސް ހިމެނެއެވެ.

ކަވާ ޝޫޓަށް، އީޝާ ހުރީ ޑިއޯރގެ މާމެލާމެލީގެ ޒީނަތްތެރި ހެދުމެއް ލައިގެންނެވެ. ކަވަރުގައިވާ އޭނާގެ ފޮޓޯގައި އޭނާ ލައިގެން ހުރީ ރަން ކުލައިގެ ކުނާވާލި ގައުނެކެވެ. މި ގައުނުގައި އަތްކުރި ނެތެވެ. އަދި އަތުގައި ލައިގެން ހުރީ މާތަކުން ޒީނަތްތެރިކޮށްފައިވާ ދިގު އަންގިއެކެވެ. އޭނާގެ އަތުގައި ހިފައިގެން ހުރީ ޕިއޯނީ މަލުގެ ބުކޭއެކެވެ. އަދި އިސްތަށިގަނޑު ހުރީ ބީޗް ވޭވީކޮށެވެ.

ދެވަނަ ލުކުގައި، އޭނާ ލައިގެން ހުރީ ރިޗަރޑް ކުއިންގެ ގައުނެކެވެ. މި ގައުނުގެ ކަރުގެ ބައި ހުރީ ކޮނޑުން ތިރިއަށް ޖައްސާލައިފައެވެ. އަދި މި ގައުނުގައި ބޮޑެތި ހުދު މާތަކުން ޒީނަތްތެރިކޮށްފައިވެއެވެ. މި ގައުނުގެ ސްކާޓަކީ ކްލާސިކް ކަޅު ލޭސް ގައުނެކެވެ. އަދި މޭކަޕް ކޮށްފައި ހުރީ ވަރަށް ލުއިކޮށް، އޭނާގެ ގުދުރަތީ ރީތިކަން ފާހަގަވާ ގޮތަށެވެ.