އުރީދޫގެ ކަސްޓަމަރުންނަށް އަންނަ އަހަރުގެ ދޯހާ މެރަތަން 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން މިއަދު މީޑިއާތަކަށް ބުނީ، އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް މި މަހުގެ 26 އިން ނޮވެމްބަރު 26ގެ 23:59 އާ ހަމައަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެެވެ.
ދޯހާ މެރެތަން 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 17ގައި ގަތަރުގައެވެ. އުރޫދޫ ކަސްޓަމަރުންގެ ތެރެއިން ދެ ނަސީބުވެރިޔަކަށް އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދޯހާ މެރެތަންއާ ގުޅޭ އިތުރު މައުލޫމާތު https://www.dohamarathonooredoo.com/ ވެބްސައިޓުން ލިބެން ހުންނާނެއެވެ.