ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ އަންނަ ބުދަ ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.
މީޑިއާ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ހަފްލާ އަންނަ ބުދަ ދުވަހުގެރެއަށް ފަސްކޮށްފައިވާ ކަމަށެވެ.
އެމްއެމްސީން ބުނެފައިވާ ނޫސްވެރިިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތަ މިދިޔަ ޖުލައި މަހުގެ 11 އަށް ހަމަވި އިރު، މިފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 18 ދާއިރާއަކުން 86 ހުށަހެޅުން ލިބިފައިވާ ކަމަށެވެ.