ރޯދަމަސް

ރަހަފަތް: މުގު ކަވާބު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.

އެގޮތުން މުގު ކަވާބަކީ ވެސް މީރުކެއުމެކެވެ.

ބޭނުންވާ ތަކެތި:

1/2 ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް ފުނޑާފައި)

1 ޖޯޑު މުގު ( މަޑުކޮށްފައި)

1 ޖޯޑު ހުނި

2 ގަނޑު ވަޅޯމަސް (ކޮށާފައި)

2 ފިޔާ (ތުނިކޮށް ކޮށާފަ)

1 އިންޗި އިނގުރު ކޮޅެއް (ގާނާފަ)

3 ލޮނުމެދު (ގާނާފައި)

1 ސަމުސާ މުގުރި އަސޭމިރުސް ކޮޅެއް

2 ލުނބޯ

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފަ)

ހިކަނދިފަތް، ލޮނު ރީނދޫ

ތައްޔާރުކުރާނެ ގޮތް:

ފިޔާ ހިކަނދިފަތް، ގިތެޔޮ މިރުސް، ލޮނު، އަސޭމިރުސް، މިތަކެތި ހުތް ޖަހައިގެން މޮޑެލުމަށްފަހު މަސް، ހުނި، ރީނދޫ އިނގުރު، ލޮނުމެދު، އަޅައިގެން އަނެއްކާވެސް މޮޑެލާށެވެ. ފުށްގަނޑު ރަނގަޅަށް މޮޑެ ލޮނުރަހަ ހެޔޮވަރުކުރުމަށްފަހު މުގުކޮޅު އަޅައިގެން އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކަވާބު ހަދައި ނިމުމުން އުނދުންމައްޗަށް ތެޔޮ ތާސް އުދައި، ކަވާބުތައް ތެލުލާށެވެ.