ޓިކްޓޮކްގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މަރިޔަމް ސަމާއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސަމާއަށް މަރުގެ އިންޒާރު ދީފައިވަނީ ޓިކްޓޮކް ލައިވްއެއްގައި ދިވެހި އަންހެނެކެވެ.
އެ ލައިވްގައި އޭނާ ވަނީ "ސަމާގެ ކަރު ބުރިކޮށްލާނެ" ކަމަށްބުނެ އިންޒާރު ދީފައެވެ.
ފުލުހުން މިއަދު ބުނީ، ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މީގެ ކުރިންވެސް ލައިވްތަކުގައި ސަމާއަށް ވަނީ ބައެއް މީހުން މަރުގެ އިންޒާރު ދީފައެވެ. ސަމާ ފާހަގަވެފައިވަނީ ޓިކްޓޮކް ލައިވްގައި ފަންޑް ރެއިޒްކޮށްގެން ގިނަ ބަޔަކަށް އެހީވާ މީހެއްގެ ގޮތުގައެވެ.