ރާއްޖެއަށް އެތެރެކޮށްފައިވާ ލެކްޓޯޖަން ޝިޕްމަންޓެއް ނައްތައިލުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ލެކްޓޯޖަން ޝިޕްމަންޓެއް ރާއްޖެއަށް އެތެރެކުރުމުގެ މަރުހަލާގައި ނައްތައިލަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ކުށްވެރިކޮށް ކަސްޓަމުން މިއަދު ނެރުނު ބަޔާނުގައި ބުނީ ލެކްޓޯޖަން ޝިޕްމަންޓެއް އެތެރެކުރުމުގެ މަަރުހަލާގައި ހިފަހައްޓާފައި ނުވާ ކަމަށާއި ނައްތައިލަން ވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
ރާއްޖެއަށް ލެކްޓޯޖަންގެ ބާވަތްތައް މައިގަނޑު ގޮތެއްގައި އެތެރެކުރަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކުރާ އެއް ކުންފުންޏަކުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކަސްޓަމުން އެކުންފުނީގެ ނަން ހާމައެއް ނުކުރެއެވެ.
ކަސްޓަމުން ބުނީ 2016 ގެ ފަހުން އެތަކެތި އެހެން ފަރާތަކުން ރާއްޖެއަށް އެތެރެ ނުކުރާ ކަމަށާއި އެމައްސަލައިގައި ޝަކުވާ ލިބިފައިވާ މުދަލުގެ ސާމްޕަލް ނަގައި ކަސްޓަމުން ބެލިބެލުމުގައި މުދަލުގައި ލޭބަލް ހަރުކޮށްފައިވަނީ ފުޑްއެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ކަމަށެވެ.