ޑީޓޮކްސް ކުރުމަކީ ކެއުމާއި ފެންބުއިމެކޭ އެއްވަރަށް އެހާ މުހިންމު ކަމަކަށް ވަނީ ވެފައެވެ.
ބޮވޭ ފެނުގެ ސަބަބުންނާއި ނުވަތަ ބޭނުން ކުރެވޭ ބިއުޓީ ޕްރޮޑަކްޓްސްގެ ސަބަބުން ވިއަސް އެކި ގޮތްގޮތުން ހަށިގަނޑަށް ކޮންމެ ދުވަހަކު އެކި ކަހަލަ ޖަރާސީމާއި ޓޮކްސިންތައް ވާސިލްވެއެވެ. މި ޓޮކްސިންތަކުން ހަށިގަނޑަށް އެތައް ގެއްލުންތަކެއް ލިބި އަދި ހަމުގެ އެކި މައްސަލަ ކުރިމަތި ކުރުވައެވެ.
އެހެން ކަމުން ޑީޓޮކްސް ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އާންމުކޮށް ޑީޓޮކްސް ކުރަނީ ބޮލާއި މޫނުކަމުގައި ވިއަސް ހަށިގަނޑު ޑީޓޮކްސް ކުރުމަކީ ފަހުގެ ޓްރެންޑެކެވެ.
ފައި ޑީޓޮކްސް ކުރުމުން މުޅި ހަށިގަނޑަށް އޭގެ ފައިދާވާ ކަމަށްވެއެވެ. އެހެނީ ނާރުތައް ނިމެނީ ފަޔަށް ކަމަށްވެފައި އަދި ސްވެޓް ގްލޭންޑްސްތައްވެސް ފައިގައި ހުންނާތީއެވެ.
ހަމައެކަނި ހޫނުފެނަށް ފައި ލުމުންވެސް މުޅި ހަށިގަނޑަށް އަރާމު ލިބިގެންދެއެވެ. ރިސާޗްތައް ދައްކާގޮތުގައި ފޫޓް ޑީޓޮކްސް އިން ފައިގައި ހުންނަ ޓޮކްސިން އަދި މެޓަލް ނައްތާލަދެއެވެ.
ފައި ޑިޓޮކްސް ކުރާނެ ގޮތް
- ހޫނު ފެނަށް އެސެންޝިއަލް އޮއިލް އަދި ލޮނުކޮޅެއް ލުމަށްފަހު އެއަށް ފައިލާށެވެ. 15 މިނެޓް ބެހެއްޓުމަށްފަހު ފައި ހިއްކާލާފައި މޮއިސްޗަރައިޒްކުރާށެވެ.
- ފުޓް މާސްކެއް ބޭނުން ކުރުން. މިކަމަށް ވިއްކަން ހުންނަ ފަޔަށް ހާއްސަ ފުޓް މާސްކެއް ވެސް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ގޭގައި މާސްކެއް ތައްޔާރުކޮށްވެސް ލެވިދާނެއެވެ. ފުޓް މާސްކުން ފައި މަޑުވެ، ފައިގައި ހުންނަ ފަންގަސްތައް ނައްތާލައި ފަޔަށް އަރާމުކަން ގެނެސްދެއެވެ.
- ފައި ސްކްރަބް ކުރުމަކީ ގަވައިދުން ކުރުން މުހިއްމު ކަމެކެެވެ. މަރުވެފައިވާ ހަންތައް ނައްތާލައި ފައިން ނުބައިވަސް ދުވާނަމަ އެއިން ރައްކާތެރިވާނެ އެވެ.
- ފުޓް ޕެޑްސް އަކީ ފައި ދާހިތްލާނަމަ އެއިން ރައްކާތެރިވުމަށް ބޭނުން ކުރެވޭނެ އެއްޗެކެވެ. މީގެ އިތުރުން މި ޕެޑްސް އިން ހަށިގަނޑުގައި ހުންނަ ޓޮކްސިންތައްވެސް ނައްތާލައެވެ.
- ފައިގެ މަސާޖަކީ އޭގެން މުޅި މީހާއަށް އަރާމުވެ ފަސޭހަވެގެން ދާނެ ކަމެކެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސާނަމަވެސް ފައި މަސާޖްކޮށްގެން އެކަމަށް ލުއި ހޯދެއެވެ.