މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ މުއްދަތު އަލުން ހުޅުވާލައިފިއެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ފުރުސަތުގައި މީޑީއާތަކުން ހޮވާ ހަތް މެމްބަރުންގެ ޖާގައަށް އަށް މީހަކު ކުރިމަތިލިއެވެ.
ނަމަވެސް ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މީޑިއާ ކައުންސިލްގެ ދިހަ މެންބަރުންގެ މުއްދަތު ހަމަވާތީ، އެ ކައުންސިލަށް މެންބަރުކަމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 29 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް ބުންޏެވެ.
ޔޫތު މިނިސްޓްރީން ވަނީ ވޯޓުލުމަށް ދީފައިވާ މުއްދަތު ވެސް ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މީޑިއާތަކުން އިންތިހާބުކުރާ އަށް މެމްބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބުކުރާ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ދައުރުގެ މުއްދަތަކީ ދެ އަހަރުގެ މުއްދަތެވެ.