ޚަބަރު

ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ އުރީދޫގެ ޕްރޮމޯޝަނުގެ އަށް ނަސީބުވެރިޔަކު ހޮވައިފި

ފާތިމަތު ލިޔުޝާ

ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ އުރީދޫ މޯލްޑިވްސްގެ ޕްރޮމޯޝަނުގެ އަށް ނަސީބުވެރިޔަކު ހޮވައިފިއެވެ.

އުރީދޫން އެ ފްރޮމޯޝަން ހުޅުވާލީ މިދިޔަ މަހުގެ 23 ގައެވެ. ޕްރޮމޯޝަން ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ މިއަހަރުގެ ނިޔަލަށެވެ.

އުރީދޫން މިއަދު ބުނީ އެ ޕްރޮމޯޝަނުގައި ޖުމުލަ 30 ސައިކަލު ކަސްޓަމަރުންނަށް ދޭނެ ކަމަށާއި އަދި އިތުރު 22 ސައިކަލުގެ ނަސީބުވެރިން ހޮވާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.

އެ ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް މިއަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

ލިބޭ ސައިކަލުތަކުގެ ތެރޭގައި:

  • އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • ޕީސީއެކްސް160 (ކަޅު ކުލަ)

ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

އެ ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.