ރޯދަމަސް

ރަމަޟާންމަހުގެ ފަހު ދިހައެއްގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

މަރިޔަމް ޝަހުދާ

މި ރަމްޟާން މަހުގެ ފަހު ދިހައެއްގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިމިސްޓްރީން އާންމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ގެޒެޓު ކުރި އާންމު އިއުލާނެއްގައި ވާގޮތުން މާލޭގެ 15 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ހުޅުމާލޭގެ ފަސް މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

މާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ:

- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)

- މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ

- މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން

- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު

- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން

- މަސްޖިދު ޞަލާޙުއްދީން

- މަސްޖިދު ފުރްޤާން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދުއްނޫރު

- އިބްރާހީމީ މިސްކިތް

- މަސްޖިދުއްޝަހީދު ޢަލީ

- މަސްޖިދު އިސްކަންދަރު

- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން، އަދި

- މުޙައްމަދު ޖަމީލްދީދީ މިސްކިތުގައެވެ.

ވިލިމާލޭގައި ދަމު ނަމާދު ކުރުމަށް މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ؛

- މަސްޖިދުއްސަލާމް

- މަސްޖިދުލްއިޚްލާޞް އަދި

- މަސްޖިދުލް ބިއްރި ގައެވެ.

ރޯދަމަހުގެ ފަހު 10އެއްގައި ހުޅުމާލޭގައި ދަމުނަމާދުކުރުމަށް ހަމަޖައްސާފައިވަނީ؛

- މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ

- މަސްޖިދު ޢަޒީޒާ މޫސާ

- މަސްޖިދު ޒައިދު ބުން ސާބިތު

- ހުޅުމާލެ ވަގުތީ މިސްކިތް އަދި

- މަސްޖިދު ޢުމަރު ބިން ޚައްޠާބު އެވެ.