މިނިސްޓަރު ޑރ. ހުސެެއިން ރަޝީދު ހަސަން

އަންނަ ބުރާސްފަތިން ފެށިގެން ހޯރަފުށި އަދި ހަނިމާދޫއަށް ރައްކާތެރި ފެން ސަޕްލައި ކުރަން ފަށާނީ

މަރިޔަމް ޝަހުދާ

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހއ. ހޯރަފުށި އަދި ހދ. ހަނިމާދުއަށް ރައްކާތެރި ފެން ސަޕްލައި ކުރަން ފަށާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ހޯރަފުށީ އަދި ހަނިމާދޫގެ ހުރިހާ ގެއެއްގެ އިތުރުން އެހެނިހެން އިދާރާތަކަށް ސާފުބޯފެން ފޯރުކޮށްދޭނީ ފެނަކައިން ކަމަށް މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިއެވެ. އަދި މިއީ މިދެރަށަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.