ޚަބަރު

ޅ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޅ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި އެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 01:15 އިން ފެށިގެން ފަތިހު 04:30 އަށެވެ. އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިރޭ ވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ވެސް ނެރެފައެވެ. އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 04:00 އަށެވެ. އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.