ލައިފް ސްޓައިލް

ޕްރިޔަންކާ މެކްސް ފެކްޓާއާއެކު އިންޑިއާގައި ބިއުޓީ ލައިނެއް ނެރެނީ

ބަތަލާ ޕްރިޔަންކާ ޗޯޕްރާ މޭކަޕް ބިއުޓީ ބްރޭންޑް ކަމަށްވާ މެކްސް ފެކްޓާއާއެކު ބިއުޓީ ލައިނެއް އުފައްދައި އިންޑިއާގައި ނެރެން ނިންމައިފިއެވެ.

ޕްރިޔަންކާ ނެރެން އުޅޭ ބްރޭންޑްގެ މާގިނަ މައުލޫމާތުތަކެއް އަދި ރަސްމީކޮށް ހިއްސާކޮށްފައި ނުވިނަމަވެސް އެއަށް ގިނަ ފޭނުންނާއި ރީތިވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އަންނަނީ އިންތިޒާރުކުރަމުންނެވެ.

ބޮލީވުޑްގައި މޭކަޕާއި ބިއުޓީ އިންޑަސްޓްރީގައި ގިނަ ތަރީންތަކެއް އަންނަނީ ވިޔަފާރިކުރަމުންނެވެ. އެގޮތުން ކެޓްރީނާ ކައިފްގެ ކޭ ބިއުޓީ، ދީޕިކާ ޕަޑުކޯންގެ 82އީ، ސަނީ ލިއޯންގެ ސްޓާ ސްޓްރަކް، ކްރިތީ ސާނޮންގެ ހައިޕް އަދި ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ކަޕޫރުވެސް ވަނީ ވަރަށް ފަހުން ބިއުޓީ ޕްރޮޑަކްޓްސްތަކެއް ލޯންޗު ކޮށްފައެވެ.

ޕްރިޔަންކާ އަކީ މިހާރުވެސް ގިނަ ވިޔަފާރިތަކެއް ކުރަމުން އަންނަ ތަރިއެކެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ލޯންޗުކޮށްފައިވާ 'އެނޯމަލީ' ހެޔާކެއާ ބްރޭންޑް ފާހަގަކޮށްލެއެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ ސަގާފަތްތައް މީހުނާ ހަމައަށް ގެނެސްދިއުމަށް އުފައްދާފައިވާ 'ޕާޕަލް ޕެބެލް ޕިކްޗާސް' އަކީވެސް ޕްރިޔަންކާގެ ކުންފުންޏެކެވެ. މިކުންފުނިން ވަނީ ބައެއް ސަގާފަތްތަކުގެ މައްޗަށް ޑޮކިއުމެންޓަރީވެސް ހަދައިފައެވެ.

އިންޑިއާއިން މަގްުބޫލުކަން ހޯދުމަށްފަހު މިހާރު ޕްރިޔަންކާ އަންނަނީ ހޮލީވުޑްގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އެމަޒޮން ޕްރައިމުން ގެނެސްދިން 'ސިޓަޑެލް' ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށާފައިވާއިރު އޭނާ ވަނީ "ދަ ބްލަފް' ކިޔާ ހޮލީވުޑް ފިލްމެއްގެ ޝޫޓިންތައްވެސް ދާދިފަހުން ނިންމާލައިފައެވެ.

އިންޑިއާއިން މަގްބޫލުކަން ހޯދުމަށްފަހު މިހާރު ޕްރިޔަންކާ ދަނީ ހޮލީވުޑްގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އެމަޒޮން ޕްރިމުން ގެނެސްދިން 'ސިޓަޑެލް' ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށާފައިވާއިރު އޭނާވަނީ "ދަ ބްލަފް' ކިޔާ ހޮލީވުޑް ފިލްމެއްގެ ޝޫޓިންތައްވެސް ދާދިފަހުން ނިންމާލައިފައެވެ.